Uploaded by Mariyam Saniyya

islaamee haloarathu finala docs (1)(5)

advertisement
‫‪ 2023‬ވަނަ އަހަރު އޯލެވެލް އިސްލާމް މާއްދާގައ ބައިވެރިވާ ދަރިވަރުންނަށް އެހީއެއް ( އިސްލާމީ ތާޜީޚާއި ޙަޟާރުތުގެ ބައިން‬
‫ތައްޔާރުކުރެވިފައިވާ ސުވާލުތަކެއް)‬
‫(ސާމީ ސާރ‪)9141428 :‬‬
‫‪ .1‬ދުނިޔޭގެ ރެކޯޑްތައް ޝާއިރުކުރާ ގިނެސް ފޮތުގައި‪ ،‬ދުނިޔޭގެ އެންމެ ޒަމާންވީ ޔުނިވަރސިޓީގެ ގޮތުގައި ފާހަގަކޮށްފައިވާ‬
‫ޔުނިވާރސިޓީ އަކީ ކޮބާ؟‬
‫ޖާމިޢުލް ޤަރަވިއްޔީން‬
‫‪[ .2‬އަލްޖިބްރާގެ ބައްޕަ] ގެ ނަމުން މަޝްހޫރުވެފައިވާ ޢިލްމުވެރިޔާގެ ނަންފުޅަކީ ކޮބާ؟‬
‫މުޙައްމަދު ބުން މޫސާ އަލްޚުވާރިޒަމީ‬
‫‪ .3‬އިސްތިޢުމާރުގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟‪ /‬ތާރީޚާއި ޙަޟާރަތުގެ ޢިލްމުވެރިން އިސްތިޢުމާރު މާނަކުރައްވާ ގޮތަކީ ކޮބާ؟‬
‫ދަޢުލަތަކުން އެ ދަޢުލަތުގެ އިން ފަހަނައަޅައި‪ ،‬އެހެން ދަޢުލަތެއްގެ މައްޗަށް‪ ،‬އެ ދަޢުލަތުގެ ރައްޔިތުންގެ ރުހުމާ ނުލައި ބާރު‬
‫ހިންގުމެވެ‪.‬‬
‫‪ .4‬ޔޫރަޕުން ‪ 3‬ވަނަ ދުނިޔޭގެ ޤައުމުތައް (ފަޤީރު ޤައުމުތައް‪ ،‬އެފްރިކާގެ ގިނަޤައުމުތައް)‬
‫އިސްތިޢުމާރުކޮށް އަޅުވެތިކުރުމުގެ ‪2‬‬
‫ސަބަބެއް ލިޔޭ!‬
‫ޤައުމުތަކުގެ ޤުދުރަތީ މުއްސަދިކަން ހޯދުން‪،‬‬
‫ނުއަގުގައި މަސައްކަތްކޮށްދޭނެ މީހުން ހޯދުން‪،‬‬
‫ޔޫރަޕުގެ އުފެއްދުންތައް ވިއްކާނެ މާކެޓެއްހޯދުން‬
‫‪ .5‬އެފްރިކާ ބައްރުގައި އެންމެ ފުރަތަމަ އުފެދުނު އިސްލާމީ ރަށަކީ ކޮބާ؟‬
‫ފުޞްޠާޠު‬
‫‪ .6‬ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ކުތުބުޚާނާ (ލައިބްރަރީ) އަކީ ކޮބާ؟‬
‫ބައިތުލް ޙިކުމާ‬
‫‪ .7‬އިސްލާމީ ރަށްތަކަށް ޔޫރަޕުގެ އިސްތިޢުމާރު ފެތުރުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ކޮބާ؟‬
‫އިސްލާމީ ދައުލަތް ކުދިކުދި ދައުލަތްތަކަކަށް ބައިބައިވެގެން ދިޔުމުން‬
‫‪ .8‬ފަލަސްޠިނަކީ އަދިވެސް އިސްތިޢުމާރުކުރެވިފައިވާ ޤައުމެކޭ ބުނެވޭ ސަބަބަކީ ކޮބާ؟‬
‫މިޙާރުވެސް ފަލަސްޞީތުނުގެ އަސްލު ވަޒަންވެރިން ފިޔަވައި ޔަހޫދީން ފަލަސްޠިނުގައި ބިންތައް ނުޙައްޤުން ފޭރިގަނެފައިވާތީއެވެ‪.‬‬
‫‪ .9‬މޮޑަން ޓްރިގޮނޮމެޓްރީގެ ފައުންޑޭޝަން ބިނާކުރެއްވި މުސްލިމު ޢިލްމުވެރިޔާގެ ނަމަކީ ކޮބައިހެއްޔެވެ؟‬
‫އަބޫ އައްރައިޚާން އަލްބައިރޫނީ‬
‫‪ .10‬އެންމެ ފުރަތަމ ދުނިޔޭގައި ހުޅުވުނު އިސްލާމިކް ބޭންކުގެ ނަމަކީ ކޮބާ އަދި އެތަން ހުންނަނީ ކޮންތާކު؟‬
‫ޔޫ‪.‬އޭ‪.‬އީ ގަ ހުންނަ [ދުބާއީ އިސްލާމިކް ބޭންކް]‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪ .11‬ފުޞްޠާޠުން މިހާރު ފެންނަންހުރި އެންމެ މުހިންމު ބިނާއަކީ ކޮބާ؟‬
‫ޖާމިޢު ޢަމްރު ބުނުލްޢާޞް‬
‫‪ .12‬އިސްލަމައިޒޭޝަން އޮފް ނޮލެޖް އަކީ ކޮބާ؟‬
‫ޒަމާނީ ޢިލްމުތައް މުރާޖާކޮށް އިންސާނާގެ ޙަޔާތާއި ކައުނާމެދު އިސްލާމްދީން ދެކޭ ގޮތަށް އެ ޢިލްމުތައް ބައްޓަންކުރުމެވެ‪.‬‬
‫‪ .13‬ބުޚާރާގައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެންމެ މަޝްހޫރު މިސްކިތަކީ ކޮބާ؟‬
‫ މަސްޖިދުލް ކަލްޔާން‬‫‪ .14‬ބިމަކީ ވައްއެއްޗެއްކަން ކަށަވަރުކޮށްދެއްވި ޢިލްމުވެރިޔަކީ ކޮބާ؟‬
‫އަލްބައިރޫނީ‬
‫‪ .15‬އިޞްޠިލާޙީ ގޮތުން ބަލާއިރު ސިވލައިޒޭޝަން ނުވަތަ ޙަޟާރަތަކީ ކޮބާ؟ (‪ 1‬މާކުސް)‬
‫ވަކި ޘަޤާފަތެއްގެ މަތީގައި ތިބެ މާއްދީގޮތުން އެކިއެކި ދާއިރާތަކުން މުޖުތަމަޢު ޚާޞިލްކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ‪.‬‬
‫‪ .16‬އިސްލާމީ ޙަޟާރަތަކީ ކޮބާ؟‬
‫އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ މާއްދީގޮތުން މުސްލިމުން ޚާޞިލްކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް‬
‫‪ .17‬އިބުނު ޖުބައިރަކީ އަންދަލުސްގެ މަޝްހޫރު ޖޯގްރަފީ ޢިލްމުވެރިއެކެވެ‪ .‬އަދި ދަތުރުކުރެއްވުމަށް ލޯބިކުރެއްވި ސައްޔާޙެކެވެ‪ .‬ހިޖުރައިން‬
‫‪ 578‬ން ‪ 581‬ވަނަ އަހަރާ ހަމައަށް ކުރެއްވި ދަތުރުތަކަށްފަހު‪ ،‬ދަތުރުނާމާއެއް ލިއުއްވިއެވެ‪ .‬މި ފޮތް މަޝްހޫރުވެގެން ގޮސްފައިވާ‬
‫ނަމަކީ ކޮބައިހެއްޔެވެ!‬
‫ރިޙްލަތު އިބުނު ޖުބައިރު‬
‫‪ .18‬ޙިސާބު ޢިލްމު ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ތަނެއްގައިހުރެގެންވެސް ޤިބުލަ ހުރި ދިމާ ދެނެގަނެވޭނެގޮތް ހޯއްދެއްވި‬
‫ޢިލްމުވެރިއަކީ ކޮބާ؟‬
‫އަބޫ އައްރައިޙާން އަލްބައިރޫނީ‬
‫‪ .19‬މަޣްރިބު ކަރައިގެ ފާސްގައި ހިޖުރައިން ‪ 245‬ވަނަ އަހަރު ބިނާކުރެވުނު އެންމެ މުހިންމު ބިނާގެ ނަމަކީ ކޮބައިހެއްޔެވެ؟‬
‫ޖާމިޢުލްޤަރަވިއްޔީން‬
‫‪ .20‬މަޛުހަބުތަކަށް ޢަމަލުކުރަންވީ އުސޫލުތަކުގެ ތެރެއިން އުސޫލެއް ލިޔާށެވެ!‬
‫ވަކި މަޛުހަބަކަށް ތަބާވުމަކީ އެއްވެސް މައްސަލައެއްނޫންކަން ޤަބޫލުކުރުން‬
‫‪ .21‬މަޒުހަބުތައް އުފެދެން މެދުވެރިވި ސަބަބެއް ބުނެދީ!‬
‫މީސްތަކުންގެ ތެރޭގައި މަޒުހަބުތަކުގެ އިމާމުންގެ ޢިލްމުވެރިކަން މަޝްހޫރުވުން‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪[ .22‬ނުޒުހަތުލް މުޝްތާޤު ފީ އިޚްތިރާޤިލްއާފާޤި] ކިޔުނު ފޮރުގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔުއްވީ ކޮންބޭފުޅެއް!‬
‫އަލްއިދްރީސީ‬
‫‪ .23‬އިސްލާމީ ޚަޟާރަތުގެ ފެށުން ފާހަގަކުރެވޭ ޙިސާބަކީ ކޮބާ؟‬
‫ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގެން ދަތުރުފުޅުމަތީ ޤުބާ މިސްކިތް ބިނާކުރެއްވި ހިސާބުން‬
‫‪ .24‬އިސްލާމީ ޙަޟާރަތު ފެތުރުމުގެ ސަބަބަކަށް އިސްލާމީ ޢަޤީދާވީ ކިހިނެތް ހެއްޔެވެ؟‬
‫ހުރިހައި އިންސާނުންނަކީވެސް ހަމަހަމަބައެއްކަމާއި‪ ،‬އެއް އިންސާނަކު އަނެއް އިންސާނަކަށް މާތްވެގެންވަނީ ތަޤްވާވެރިވުމުގެ‬
‫މައްޗަށްކަމަށް ޤަބޫލުކުރުމުގެ ސަބަބުންނެވެ‪.‬‬
‫‪ .25‬އިސްލާމީ ޙަޟާރަތަކީ ޢާލަމީ ޙަޟާރަތެކޭ ބުނާ ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟‬
‫އެކިބަސްބަހުން ވާހަކަދައްކާ ތަފާތު ނަސްލުތަކުގެ ފަރުދުން ބިނާކުރި ޙަޟާރަތަކަށް ވާތީއެވެ‪.‬‬
‫‪ .26‬މުސްލިމުން ކުރިއަރުވާ ތަރައްޤީކުރި ޢިލްމުތަކުގެ އަލީގައި‪ ،‬އިސްލާމްދީން ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ‬
‫ކޮބައިހެއްޔެވެ؟‬
‫އިސްލާމްދީން ދެކޭ ގޮތުގެ މައްޗަށް ޢިލްމާއި ފަންނު ބައްޓަންކުރުމެވެ‪.‬‬
‫‪ .27‬ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރަން ޖެހޭ ސަބަބެއް ބުނެދީ!‬
‫ޒަމާނީ ޢިލްމުތެރޭގައި ހިމެނޭ ގިނަކަންކަމަކީ އިސްލާމްދީނާ ފުށުއަރާ ކަންކަމަށް ވާތީއެވެ‪.‬‬
‫‪ .28‬އިޤްތިޞާދީގޮތުން މުސްލިމުން ކުރިއެރުމަށްޓަކައި އިސްލާމިކް ބޭންކިންގެ ނިޒާމު މުހިންމުވާ ސަބަބެއް ބަޔާންކުރޭ!‬
‫ކޮންވެންޝަނަލް(އެހެނިހެން) ބޭންކުތަކުގައި ބޭނުންކުރާ ނިޒާމަކީ އިސްލާމްދީނާ ޚިލާފު ނިޒާމެއް ކަމުގައި ވާތީ‪/‬‬
‫‪ .29‬މުސްލިމުންގެ އެވޭލާ ފައިސާއަކީ ބައިނަލްއަޤްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި ބޭނުންކުރެވިފައިވާ ފައިސާއެއްކަން ހާމަވާ‬
‫ހެއްކެއް ބުނެދީ!‬
‫ޔޫރަޕުގެ ޤައުމުތަކުން މުސްލިމުންގެ އެވޭލާ ފައިސާ ފެނިފައިވުން‬
‫‪ .30‬ޔޫރަޕުގެ ގައުމުތަކުން މުސްލިމުންގެ އެވޭލާ ފައިސާ ފެނިފައިވުމުން ދޭހަވާ ކަމަކީ ކޮބާ؟‬
‫މުސްލިމުންގެ އެވޭލާ ފައިސާއަކީ ބައިނަލްއަޤްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި ބޭނުންކުރެވިފައިވާ ފައިސާއެއްކަން‬
‫‪ .31‬ވިޔަފާރި ޤާފިލާތައް ދަތުރުކުރާ މަގުތަކުގައި މުސްލިމުން ހަދާ ޙާނޫތުތަކުގެ މުހިންމު ސިފައެއް ލިޔޭ!‬
‫ތިން ދުވަހުގެ ކެއުމާއި ހުރުން ހިލޭ ފޯރުކޮށްދިނުން‬
‫‪ .32‬މައްކާގެ ދާރުލް އަރުޤަމަކީ މުސްލިމުންގެ ފުރަތަމަ މަދަރުސާ ކަމުގައި ބެލެވެނީ ކީއްވެގެން ހެއްޔެވެ؟‬
‫އެއީ ކީރިތި ރަސޫލާ ޤުރުއާނާއި އިސްލާމްދީނުގެ ޙުކުމްތައް މުސްލިމުންނަށް ދަސްކޮށްދެއްވުމަށްޓަކައި އެންމެ ފުރަތަ ބޭނުންކުރެއްވި‬
‫އިމާރާތަށް ވާތީއެވެ‪.‬‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪ .33‬ޖާމިޢަތުލް ޤަރަވިއްޔީންގެ ބާނީއަކީ އަންހެން ބޭކަނބަލަކަށް ވުމުން ދޭހަވާ ކަމަކީ ކޮބައިހެއްޔެވެ؟‬
‫އިސްލާމީ ޙަޟާރަތް ފެތުރުމުގައި އަންހެން ބޭކަނަބަލުންގެ ދައުރު ބޮޑުކަން‬
‫‪ .34‬އެއްފުރާޅެއްގެދަށުން ‪ 4‬މަޛްހަބުކިޔަވައިދޭގޮތަށް އެންމެ ފުރަތަމަ ބިނާކުރެވުނު ޔުނިވާރސިޓީއަކީ ކޮބާ؟‬
‫މަދަރަސަތުލްމުސްތަންޞިރިއްޔާ‬
‫‪ .35‬ދިމިޝްޤަކީ ތާރީޚީ ބިނާތަކާއި މިސްކިތްތަކާއި ޒިޔާރަތްތައް ގިނަ ރަށެކެވެ‪ .‬އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބިނާއަކީ ކޮބާ؟‬
‫މަސްޖިދު ބަނޫ އުމައްޔާ‬
‫‪ .36‬ޞަޙާބީންގެ ޒަމާނުގައި ފިޤުހީ ޙުކުމްތަކުގައި ބަރޯސާވި ‪ 2‬މަޞްދަރެއް ލިޔާށެވެ!‬
‫ޤުރުއާން‪ ،‬ސުންނަތް‬
‫‪ .37‬އިސްލާމީ ޙަޟާރަތުގެ ދެ އަސާސެއް ބުނެދޭށެވެ!‬
‫އިސްލާމީޢަޤީދާ ‪،‬ޝަރުޢީޙުކުމްތައް ‪. ،‬އިސްލާމީ އަޚުލާޤު‬
‫‪" .38‬އިސްލާމީ ޙަޟާރަތުގެ ސަބަބުން ޔޫރަޕްގެ ބަސްބަހަށް ޢަރަބި ލަފުޒުތައް ވަދެފައިވެއެވެ" މި އިބާރާތުން ދޭހަވާ ކަމެއް ލިޔޭ!‬
‫ޢަރަބިބަހަކީ ކުރިއަރާފައިވާ ބަހެއްކަން‬
‫‪ .39‬އިމާމު ޝާފިޢީގެފާނު ވިދާޅުވިއެވެ‪ ".‬އަހުރެންގެ ފޮތުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ޚިލާފު ބަހެއް‬
‫ފެނިއްޖެނަމަ އެ ސުންނަތުގައި ހިފާށެވެ‪ .‬އަދި އަހުރެންގެ ބަސް ދޫކޮށްލާށެވެ‪ ".‬މި ބަސްފުޅުން ދޭހަވާ ކަމެއް ލިޔޭ!‬
‫ޝާފިޢީގެފާނު ރަސޫލާގެ ޞައްޙަށް ޙަދީޘްތަކަށް ތަބާވުމަށް ލޯބިކުރައްވާކަން‬
‫‪ .40‬ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ޢިލްމު އުނގަންނައިދިނުމުގެ ތެރެއަށް ދަޢުލަތުން ނުވަދެ‪ ،‬މިނިވަންކަމާއެކު އެ ފުރުޞަތު‬
‫ހުޅުވާލައިފައި އޮތުމުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟‬
‫ބޭނުންދާއިރާއަކު ތަޢުލީމު ހޯދުމަށް ކޮންމެ މީހަކަވެސް ފުރުޞަޠު އޮތްކަން‪ /‬އުނގެނުމަކީ ވަކި މިންވަރަކަށް ހިފެހެއްޓިފައި އޮންނަ‬
‫އެއްޗެއްނޫންކަން‪،‬‬
‫‪ .41‬ޔޫރަޕުގެ ދަޢުލަތްތަކުން ތިންވަނަ ދުނިޔޭގެ ޤައުމުތައް ޚާއްސަކޮށް އެފްރިކާގެ ޤައުމުތަށް އަޅުވެތިކޮށް އިސްތިޢުމާރުކުރުމުން‬
‫ދޭހަވާކަމަކީ ކޮބާ؟‬
‫ޔޫރަޕަކީ އަބަދުވެސް ފަޤީރުޤައުމުތަކުގެ ޤުދުރަތީ މުއްސަދިކަން ބޭނުންވެގެން އުޅޭ ބައެއްކަން‬
‫‪ .42‬ޖާބިރު ބުނު ޙައްޔާނަކީ އެސިޑްތައް އުފައްދާ އަދި ޕިއުރިފައި ކުރާނެ ގޮތާ ގުޅޭ ގޮތުންނާއި ވަރުނީސް ބޭނުންކޮށްގެން ލެދަރާއި‬
‫މެޓަލްތައް ވޯޓަރޕްރޫފް ކުރާނޭ ގޮތާ ގުޅޭގޮތުން ލިޔުއްވި ބޭފުޅެކެވެ‪ .‬މިއިން ދޭހަވާ ކަމަކީ ކޮބާ؟‬
‫ޖާބިރު ބުނު ޙައްޔާންގެ ޢިލްމުވެރިކަން‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪ .43‬މުސްލިމު ވިޔަފާރިވެރިންނާއި ދަތުރުވެރިން އެމިހުންގެ ދަތުރުތަކުގައި އުފުލި އެންމެ އަގުބޮޑު އެންމެ އަގުހުރި އެއްޗަކީ‬
‫މާތްވެގެންވާ އިސްލާމްދީނާއި އިސްލާމީ ޙަޟާރަތެވެ‪ .‬ވީމާ މިއިން ދޭހަވާ ކަމެއް ލިޔާށެވެ!‬
‫އިސްލާމްދީން ފެތުރުމުގައި މުސްލިމު ވިޔަފާރިވެރިން ބޮޑު ދަޢުރެއް އަދާކޮށްފައިވާކަން‬
‫‪ .44‬ޖާމިޢުލް އަޒުހަރު ބީނާކުރެއްވީ ކޮންބޭފުޅެއްހެއްޔެވެ؟‬
‫ޖައުހަރުއްޞިއްޤަލީއެވެ‪.‬‬
‫‪[ .45‬މަދަރަސަތުއްނިޡާމިއްޔާ ވެގެން ގޮސްފައި އޮތީ ސަލްޖޫޤީ ދައުލަތަށް ފަންނީ މުއައްޒަފުން އުފައްދައިދިން މަރުކަޒެއް‬
‫ކަމުގައެވެ‪ ].‬ބުނެވެނީ ކީއްވެގެންހެއްޔެވެ؟‬
‫އެއީ އެމަދަރުސާއިން ތަޢުލީމު ޙާޞިލްކުރެއްވި ގިނަ ޢިލްމުވެރިންނަކީ ރަށްރަށުގެ ޤާޟީންނާއި އެހެނިހެން ފަންނީ މަގާމުތަކުގައި‬
‫މަސައްކަތްކުރެއްވި ބޭފުޅުންކަމުގައި ވާތީއެވެ‪.‬‬
‫‪ .46‬ކުރީގެ މަދަރުސާތަކާ ޚިޅާފަށް މަދަރަސަތުލް މުސްތަންޞިރިއްޔާގައި އަލަށް ކުރެވުނު ކަމެއް ލިޔާށެވެ!‬
‫އެއީ އެ މަދަރުސަތުލް މުސްތަންޞިރިއްޔާގެ ދަށުން ބޭސްވެރިކަމަށް ޚާއްސަ މަދަރުސާއެއް ހެދުމެވެ‪.‬‬
‫‪ .47‬މުސްލިމުން ފަތަޙަކުރާ ސަރަޙައްދުތަކުގައި ރަށްތަކާއި މިސްކިތްތަކާއި ބާޒާރުތަކާއި ކާރުޚާނާތައް އުފައްދާ ކަމުން ދޭހަވަނީ‬
‫ކޮންކަމެއްހެއްޔެވެ؟‬
‫މުސްލިމުން ރަށްތައް ފަތަޙަކުރަނީ އެތަންތަން ހަލާކުކޮށް ސުންނާފަތިކުރުމަށް ނޫންކަން‪ ،‬އޭގެ ބަދަލުގައި ފަތަޙަކުރަނީ އެތަންތަން‬
‫ތަރައްޤީކުރަންކަން‬
‫‪ .48‬ބުޚާރާއިން އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިޔަކީ ކޮބައިހެއްޔެވެ؟‬
‫އިމާމުލްބުޚާރީއެވެ‪.‬‬
‫‪ .49‬އިސްލާމީ ޙަޟާރަތުގެ މުހިންމު ރަށްތަކުގެ ތެރެއިން މުސްލިމުން ބީވެގެންގޮސްފައިވާ ދެ ރަށެއް ލިޔޭ!‬
‫އިންޑިޔާ‪ ،‬އަންދުލަސް‪ ،‬ސިސިލީ‬
‫‪ .50‬ޢަރަބިބަހާއި ޢަރަބި ސަޤާފަތް އިންޑިޔާއިން ނުފެނުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟‬
‫އެއީ އިންޑިޔާ ފަތަޙަކުރިން ލަޝްކަރުގައި ހިމެނެނީ ޢަރަބި މުސްލިމުން ނޫންކަމަށް ވާތީއެވެ‪.‬‬
‫‪ .51‬ސިސިލީގައި އިސްލާމީ ޚަޟާރަތު ކުރިއަރައިގެން ދިޔަ ދުވަސްވަރު ޔޫރަޕު އޮތީ އޭގެ އަނދިރި ޒަމާނާނުގައެވެ‪ .‬އެ ދުވަސްވަރަށް‬
‫މިނަން ދެވެނު ސަބަބަކީ ކޮބައިހެއްޔެވެ؟‬
‫އެ ޒަމާނަކީ ޔޫރަޕުގައި ރަށްވެހިކަމާއި ޢިލްމީ ގޮތުންނާއި ޢިޤްތިޞާދީގޮތުންވެސް ދަށްހާލަތަކަށް އޮތް ޒަމާނަކަށްވާތީއެވެ‪.‬‬
‫‪ .52‬ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން‪ ،‬ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ފަރާތުން އިސްލާމްދީން ފެތުރުނު ދެ‬
‫ޤައުމެއްގެ ނަން ލިޔޭ!‬
‫ޙުސައިންސާމީ (‪)9141428‬‬
‫ދިވެހިރާއްޖެ‪ ،‬އިންޑޮނޭޝިއާ‪ ،‬ސިރީލަންކާ‪ ،‬މެލޭޝިއާ‬
‫‪ .53‬މުސްލިމު ވިޔަފާރިވެރިންނާ މުޢާމަލާތްކުރާ ވަޘަނީން އިސްލާމްދީން ޤަބޫލުކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ‬
‫ކޮބައިހެއްޔެވެ؟‬
‫އެމީހުންގެ އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ސަބަބުން‬
‫‪ .54‬މުރޫޖުއްޒަހަބު ވަ މަޢާދިނުލްޖައުހަރު އަދި ކިތާބުއްތަންބީހު ވަލްއިޝްރާފު ލިޔުއްވި ބޭފުޅާގެ ނަމަކީ ކޮބާ؟‬
‫އަލްމަސްޢޫދީ‬
‫‪ .55‬ބިމާ ގުޅޭގޮތުން އަލްބީރޫނީ ހޯއްދެއްވި ކަމެއް ލިޔޭ!‬
‫ބިމަކީ ވަށް އެއްޗެއްކަން ކަށަވަރުކޮށްދިނުން‬
‫‪ .56‬އިބުނު ބަޠޫޠާގެ ދަތުރުނަމާއަށް ދެވިފައިވާ ނަމަކީ ކޮބާ؟‬
‫ތުޙުފަތުއްނައްޡާރު ފީ ޣަރާއިބުލްއަމްޞާރު ވަ ޢަޖާއިބުލްއަސްފާރު‬
‫‪ .57‬އިސްލާމީ ރަށްތައް އިސްތިޢުމާރުކުރުމަށް އިސްތިޢުމާރީ ދައުލަތްތަކުން އޭރުވެސް އަދި މިހާރުވެސް ދައްކާ ބަހަނާތަކުގެތެރެއިން‬
‫ކަމެއް ބުނެދީ؟‬
‫ރައްޔިތުންގެ މެދުގައި އޮންނަ ހަމަނުޖެހުންތަކަށް ހައްލު ހޯދައިދީ ގައުމު ތަރައްޤީ ކުރާނެކަމުގައި ބުނުން‬
‫ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ދިފާޢުކުރާނެކަމަށް ބުނެގެން‬
‫‪ .58‬އިންޑޮނޭޝިއާ މިނިވަންވީ އަހަރަކީ ކޮބާ؟‬
‫‪1945‬މ‪.‬‬
‫‪ .59‬މި ޒަމާނުގައި ފިޤުހު ކުރިއެރުވުމުގެ ގޮތުން ކުރެވެމުންދާ ކަމެއް ބުނެދީ!‬
‫ފިޤުހު ޢިލްމާބެހޭ ތަފާތު ދިރާސާތައް ކުރެވުން‬
‫‪ .60‬އިސްލާމި ފިޤުހު ކުރިއަރައިގެން ދިޔުމުގައި މަޒުހަބުތަކުން ކޮށްދިން ޚިދުމަތް ހާމަކޮށްދޭ ކަމެއް ބުނެދޭށެވެ!‬
‫ފިޤުހާ ގުޅުން ހުރި ފޮތްތައް ލިޔުއްވުން‬
‫‪ .61‬ފިޒިކްސްގެ ދާއިރާއަށް އަލްބައިރޫނީ ކޮށްދެއްވި ޚިދުމަތެއް ބުނެދޭށެވެ!‬
‫އަގުހުރި މިނެރަލްތަލުގެ ‪ 18‬ވައްތަރެއްގެ ބަރުދަން ފުރަތަމަފަހަރަށް ދެނެގަތުން‬
‫‪ .62‬ހަނދުގެ ދުރުފަރާތު ސަތުޙުގައި ދިގުހުރަހުގައި ‪ 77‬ކިލޯމީޓަރު ހުންނަ ވަޅުގަނޑަކަށް އަލްބީރޫނިގެ ނަންދެވިފައިވުމާއި‬
‫ފަޒާގައިވާ އެސްޓްރޮއިޑަކަށް[‪ 9936‬އަލްބީރޫނީ] ގެ ނަންދެވިފައިވުމުން ހާމާވާ ކަމެއް ބުނެދޭށެވެ!‬
‫މުސްލިމު ޢިލްމުވެރިއެއްކަމުގައިވާ [އަލްބައިރޫނީ] އަކީ ފަލަކީ ޢިލްމުގައި ކުރިއަރާފައިވާ މޮޅު ބޭފުޅެއްކަން‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪ .63‬ރަސޫލާގެ ޒަމާނުގައި ހިނގައިދިޔަ އިސްލާމީ ޙަޟާރަތާއި ގުޅުންހުރި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި އިސްލާމީ ޘަޤާފަތުގެ‬
‫މައްޗަށް ބިނާވާ މުޖުތަމަޢެއް ތަރުބިއްޔަތު ކުރުން ހިމެނެއެވެ‪ .‬މިކަމުން ދޭހަވާ ކަމެއް ލިޔޭ!‬
‫އިސްލާމީ އުސޫލުތައް މުޖުތަމަޢުގެ ތެރޭގައި އޮތުމުގެ މުހިންމުކަން‬
‫‪ .64‬މުސްލިމު ބައެއް ޤައުމުތަކަކީ މުއްސަދި އަދި ބޮޑެތި ވިޔަފާރިތައް ހިންގަމުންދާ ޤައުމުތަކަކަށްވީނަމަވެސް މިއަދުވެސް އިސްލާމީ‬
‫ޤައުމުތަކަށް އަރައި މުސްލިމުން އަޅުވެތިކުރުމާއި ލޭއޮހޮރުވުން ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދެއެވެ‪ .‬ވީމާ [‬
‫އިސްތިޢުމާރު] ފިލާވަޅުގެ އަލީގައި މުސްލިމުން މިހާ ނިކަމެތި ޙާލެއްގައި ތިބެން މެދުވެރިވި ސަބަބެއް ބުނެދޭށެވެ!‬
‫މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވުން‬
‫‪ .65‬މުސްލިމުން ބިނާ ކުރާ ކޮންމެ ރަށެއްގައި އަދި ފަތަޙަކުރާ ކޮންމެ ބިމެއްގައި އެންމެފުރަތަމަ އަޅާ ޢިމާރާތަކަށްވީ [މިސްކިތް] ކަމުގައިވުމުން‬
‫ދޭހަވާ ކަމަކީ ކޮބާ؟‬
‫މުސްލިމުންނަކީ އަޅުކަމަށް ލޯބިކުރާ ބައެއްކަން‪،‬‬
‫‪ .66‬ޤަޠްޢީ ޙުކުމާއި ޡަންނީ ޙުކުމްގެ ތަފާތެއް ލިޔާށެވެ! ‪ /‬ޤަޠްޢީ ޙުކުމަކީ ކޮބާ؟ ޡަންނީ ޙުކުމަކީ ކޮބާ؟‬
‫ޤަޠްޢީ ޙުކުމަކީ ޤުރުއާނާއި ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައިވާ ޙުކުމްތައް‬
‫ޡަންނީ ޙުކުމަކީ ޤުރުއާނާއި ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައިވާ ނުވާ ޙުކުމްތައް‬
‫‪ .67‬މުސްލިމު ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ ފަރާތުން ފެނުނު އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން ވަރަށްގިނަ ބަޔަކު އިސްލާމްދީނަށް‬
‫މީގެ ކުރިން ވަނީ ވަދެފައެވެ‪ .‬ވީމާދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރުމުސްލިމުންނަށް އިސްލާމީ ރިވެތި އުސޫލާއި އަޚްލާޤުގެ މަތިވެރިކަން‬
‫ހާމަކޮށްދިނުމުގެ ގޮތުން ކުރެވިދާނެ ކަމެއް ލިޔާށެވެ!‬
‫އިސްލާމްދީނުގެ ޞައްޙަ އަޤީދާއަށް ތަބާވާކަން ތިމާގެ ޢަމަލުތަކުން ދެއްކުން‬
‫‪ .68‬ގަހަނާތަކުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ އަގުހުރި މިނެރަލްތަކުގެ (‪ 18 )precious Stone‬ވައްތަރެއްގެ ބަރުދަން (‪)Density‬‬
‫ފުރަތަމަ ފަހަރަށް ދެނެގަތީ ކޮންބޭކަލެއް ހެއްޔެވެ؟‬
‫އަބޫ އައްރައިޙާން އަލް ބައިރޫނީ‬
‫‪ .69‬ސިސިލީގެ ރަސްގެފާނު ރޯޖަރ ‪ 2‬ގެ އަރިހުގައި މަސައްކަތްކުރެއްވި މަޝްހޫރު ޢިލްމުވެރިއަކީ ކޮބާ؟ އަދި އެ ބޭފުޅާ މަޝްހޫރުވެފައިވާ‬
‫ދާއިރާއަކީ ކޮބާ؟‬
‫އަލްއިދްރީސީ‪ ،‬މަޝްހޫރުވެފައިވަނީ ޖޯގްރަފީގެ ދާއިރާއިން‬
‫ޙުސައިންސާމީ (‪)9141428‬‬
‫‪ .70‬ހިޖުރައިން ‪ 2‬ވަނައަހަރު މުސްލިމުން ބޭނުންކުރަމުންއައި ރިހި ފައިސާފޮތްޗަކީ ބައިނަލްއަޤްވާމީ ގޮތެއްގައި ބޭނުންކުރެވުނު ފައިސާ‬
‫ތަކެއްކަން ހާމަވާ ހެއްކެއް ބުނެދޭށެވެ!‬
‫ޔޫރަޕްގެ ޤައުމުތަކުން މުސްލިމުންގެ ފައިސާފޮތިތައް ފެނިފައިވުން‬
‫‪ .71‬ޔޫރަޕްގެ ދައުލަތްތަކުން ދުނިޔޭގެ ޤައުމުތައް އިސްތިޢުމާރުކޮށް އަޅުވެތިކުރި ސަބަބުތަކުގެ ތެރެއިން ‪ 2‬ސަބަބު ލިޔާށެވެ!‬
‫ކުޑަ އުޖޫރައަކަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން‬
‫ޤައުމުތަކުގެ ޤުދުރަތީ މުއްސަދިކަމުގެ ބޭނުމުގައި‬
‫‪ .72‬މަޛުހަބުތަކަށް ތަބާވުމުގައި ބޭނުންކުރަންވީ އުސޫލުތަކުގެ ތެރެއިން ކަމެއްލިޔާށެވެ!‬
‫ވަކި މަޛުހަބަކަށް ތަބާނުވުމަކީވެސް މައްސަލައެއް ނޫންކަން‪.‬‬
‫‪ .73‬ބިމާއި ގުޅޭގޮތުން އަލްބައިރޫނީ ހޯއްދެވި ކަމެއް ބަޔާންކުރާށެވެ!‬
‫ބިމަކީ ވަށްއެއްޗެއްކަން ކަށަވަރުކޮށްދެއްވުން‪.‬‬
‫‪ .74‬މަޝްހޫރު ހަތަރުމަޛުހަބުގެ އިމާމުންގެ ޢަޤީދާއަކީ ވެސް އެއް ޢަޤީދާއެއް ކަމުގައިވުމުން ދޭހަވާ ކަމެއްލިޔާށެވެ!‬
‫ކޮންމެ މަޛުހަބަކަށްވެސް ޢަމަލުކުރެވިދާނެކަން‪.‬‬
‫‪ .75‬އަންދަލުސް ފަތަޙަކުރި މުސްލިމު ލަސްކަރުގެ ކޮމާންޑަރަކީ ކޮންބޭކަލެއް ހެއްޔެވެ؟‬
‫ޠާރިޤުބުން ޒިޔާދު‬
‫‪ .76‬މިޒަމާނުގައި އިޖުތިހާދު ކުރުމުގެ ދޮރުހުޅުވާލާ އެކަން ފެށުމާއެކު އިސްލާމީ ފިޤުހުއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ‬
‫އައިސްފައެވެ‪ .‬އެގޮތުން މިޒަމާނުގައި ފިޤުހު ތަޤުނީން ނުވަތަ ކޮޑިފައި ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ‪.‬‬
‫ވީމާ‪ ،‬މި ޢިބާރާތުގައިއެވާ ފިޤުހު ތަޤުނީން ނުވަތަ ކޮޑިފައި ކުރުމުގެ މާނަ ބުނެދޭށެވެ!‬
‫ޤާނޫނެއް ގޮތަށް ‪ /‬މާއްދާތަކެއްހެން ފިޤުހީ ޙުކުމްތައް ތަރުތީބުކޮށް ލިޔެ އެކުލަވައިލުން‪.‬‬
‫‪ .77‬ބޭސްވެރިކަމާއި ކީމިޔާގެ ރޮނގުން އަލްބައިރޫނި ލިޔުއްވާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ފޮތަކީ ކޮބާ؟‬
‫ކިތާބުއްޞައިދަނާ‬
‫‪ .78‬މުސްލިމު ދަތުރުވެރިންގެ އަމީރު ގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅާގެ ނަމަކީ ކޮބާ؟‬
‫އިބުނު ބަޠޫޠާ‬
‫ޙުސައިންސާމީ (‪)9141428‬‬
Download