Uploaded by Ahmed Munawar

ޓިޔުޓޯރިއަލް 1.1

advertisement
‫”ފައިނުގެ ފަޚުރު‪ ،‬ބިޔަ ކާނިގަސްތައް މޫދުގައި!" މި ލިޔުން އެނަލައިޒްކޮށް އެއަށް‬
‫ހަދާފައިވާ ޑިސްކޯސް އެނެލިސިސް‬
‫މަޖުދާ ޢަލީ ރަޝީދު (‪)9720‬‬
‫ޚރު‪ ،‬ބިޔަ ކާނިގަސްތައް މޫދުގައި!" މިލިޔުމުގެ‬
‫އާމިނަތު ޝިފްލީން ލިޔުއްވާފައިވާ "ފައިނުގެ ފަ ު‬
‫ޚގައިވެސް އެ ގަސްތަކުގެ މުހިއްމުކަމާއި އެގަސްތަކާ އެރަށުގެ މީހުން ގުޅިފައިވާ މިންވަރު ހާމަކޮށްދީފައި ވެއެވެ‪.‬‬
‫ސުރު ީ‬
‫އެގޮތުން‪ ،‬ބޮޑެތި ކާނިގަސްތައް‪ ،‬ލިޔުމުގެ ބަދަލުގައި "ބިޔަ ކާނިގަސްތައް" މި ގޮތަށަ ލިޔެފައި ވުމުން އެ ގަސްތަކުގެ‬
‫ހައިބަތާއި ޤަދަރު އަދި އެގަސްތަކުގެ އުމުރު ހާމަ ކޮށްދެއެވެ‪.‬‬
‫މި ލިޔުން އަތުރާލާފައިވާ ގޮތުން ލިޔުންތެރިޔާ ކިޔައިދޭން ބޭނުންވާ ވާހަކަ ވަރަށް ސާފުކޮށް ދެނެގަންނަން‬
‫ފަސޭހަވެއެވެ‪ .‬އެގޮތުންލިޔުން ފަށާފައިވަނީ ގަސްތަކުގެ މުހިންމު ކަމާއި ގަސްތަކަ ބެހޭގޮތުން ކުރު ތަޢަރަފެއް‪،‬‬
‫ޝައުޤުވެރި ގޮތެއްގައި ގެނެސް ދެމުންނެވެ‪ .‬އެއަށްފަހު މައިގަނޑުގައި‪ ،‬އެގަސްތަކާ ގުޅިގެން މާޒީގައި ހިނގާފައިވާ‬
‫ކަންތައްތައް ތަރުތީބުން ގެނެސް ދީފައި ވެއެވެ‪ .‬އަދި އެގަސްތަކުގެ މުހިންމުކަމާއި އެރަށުގެ މީހުންގެ ދިރިއުޅުން‪،‬‬
‫އެގަސްތަކާ ގުޅިފައިވާ މިންވަރު ވަރަށް ތަފްޞީލުކޮށް ގެނެސް ދީފައިވެއެވެ‪ .‬އެކަމުގެ ސަބަބުން ކިޔާމީހާއަށް އެކަން‬
‫ހިނގާފައިވާ ގޮތް ތަސައްވަރު ކޮށްލަން ފަސޭހަވިއެވެ‪ .‬ލިޔުން ނިންމާލާފައިވަނީ ގަސްތަކުގެ މިހާރުގެ ހާލަތާއި‪،‬‬
‫ގަސްތައް ހިމާޔަތް ކުރަން ކުރެވިދާނެ އަދި ކުރަން ނިންމާފައިވާ ކަންތައްތައް ގެނެސްދެމުންނެވެ‪.‬‬
‫ޚރު‪ ،‬ބިޔަ ކާނިގަސްތައް މޫދުގައި!" މި ލިޔުން ލިޔެފައިވަނީ ރިޕޯޓެއްގެ ގޮތުގައެވެ‪ .‬މި‬
‫"ފައިނުގެ ފަ ު‬
‫ރިޕޯޓުގައި‬
‫ކާފުގެ ފަސް ސުވާލަށް (ކާކު؟ ކޮންތާކު؟ ކިހިނެއް؟ ކީއްވެ؟ އަދި ކޮންއިރަކު؟) ވަރަށް ތަފްޞީލުކޮށް‬
‫ޚބަރެއް ނުވަތަ ވާހަކައެއްގެ ސިފައިގައި ވެސް‬
‫ޖަވާބު ދީފައި ވެއެވެ‪ .‬ލިޔުންތެރިޔާ ބޭނުންނަމަ މި ލިޔުން ަ‬
‫ގެނެވިދާނެއެވެ‪ .‬އެހެން ނަމަވެސް މިއީ ސަރުކާރަށް ނުވަތަ ކަމާ ބެހޭ ފަރާތްތަކަށް ވަކި މެސެޖެއް ދިނުމުގެ‬
‫މަޤުޞަދުގައި ލިޔެފައިވާ ލިޔުމެއް ކަމުގައި ވެފައި މި ކަމަކީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމުގައި ވާތީ‬
‫ރިޕޯޓެއްގެ ގޮތުގައި މި ލިޔުން ގެނެސް ދިނުމުން‪ ،‬ލިޔުންތެރިޔާގެ މަޤްޞަދު ހާޞިލު ކުރަން ފަސޭހަވާނެ ކަމަށް‬
‫ފެނެއެވެ‪.‬‬
‫މިލިޔުމުގައި ބޭނުންކޮށްފައިވާ ޖުމްލަ ތަކަކީ ސާދާ ކުރު ޖުމުލަތަކެކެވެ‪ .‬އަދި ބަހުގެ ޤަވާއިދުގައި ހިމެނޭ‬
‫ނިޝާންތައް ބޭނުންކޮށްފައި ވުމުން ކިޔަން އަދި މާނަ ދެނެވަތުމަށްވެސް ފަސޭހައެވެ‪ .‬ނަމަވެސް ލިޔުމުގައި ހުރި‬
‫‪1‬‬
‫ބައެއް ބަސްތަކުގެ ސަބަބުން މާނަ ފުށުއަރާގޮތް ދިމާވާކަން ފާހަގަ ކުރެވުނެވެ‪ .‬މިސާލަކަށް‪ ،‬ލިޔުމުގެ ދިހަވަނަ‬
‫ޕެރެގްރާފުގައިވާ " ފަސްގަނޑުގެ ހުދުކަން ގެއްލިޔަ ނުދީ" އަދި ތިންވަނަ ޕެރެގްރާފުގައިވާ‪ " ،‬އަމުރަށް ކިޔަމަންވާން‬
‫ނުކެރިގެން" މިދެޖުމްލަ ހިމެނެއެވެ‪ .‬އޭގެ ބަދަލުގައި "ފަސްގަނޑުގެ ހުދުކަން ގެއްލިގެން ދިޔަ ނުދީ" އަދި " އަމުރަށް‬
‫ނުކިޔަމަންވާން ނުކެރިގެން" މިގޮތަށް ލިޔެފިނަމަ މާނަ ދެނެގަންނަށް ފަސޭހަވާނެ ކަމަށް ދެކެމެވެ‪ .‬މި ލިޔުމުގެ‬
‫ޖުމްލަތައް ގުޅުވުމަށްޓަކައި‪ ،‬އާއްމުކޮށް ޖުމްލަތައް ގުޅުވުމަށް ބޭނުންކުރާ ލަފްޒުތައް މިސާލަކަށް‪ ،‬އަދިވެސް‪ ،‬އެހެންވެ‪،‬‬
‫އެކަމަކު ފަދަ ލަފްޒުތައް ބޭނުންކޮށްފައި ވެއެވެ‪.‬‬
‫މި ލިޔުމުގައި ވާހަކަ ދެއްކުމުގެ ދަރަޖަތައް ހިފަހައްޓާފައި ވެއެވެ‪ .‬އެގޮތުން އާއްމު ރައްޔިތުންނާއި ސަރުކާރުގެ‬
‫ޚތަބު ކުރެވިފައި ވަނީ ތަފާތު ދަރަޖަ ތަކުގައި ކަން ފާހަގަ ކުރެވުނެވެ‪ .‬އަދި ލިޔުމުގައިވާ ބައެއް‬
‫އިސް ބޭފުޅުންނާ މު ާ‬
‫ޖުމްލަތަކުން އިތުރު މާނައެއް ދޭހަވާގޮތަށް ވެސް ލިޔެފައި ވެއެވެ‪ .‬އެގޮތުން "ކަރުގައި ފޮރޯއިން ޖަހާފައި ނޫނީ‬
‫ގަސްކަނޑަން ނުކެރޭނެ" މިހެން އޮތުމުން ދޭހަވަނީ‪ ،‬އެރަށުގެ މީހުން ދިރިތިއްބާ އެ ގަސްތައް ކަނޑަން ހުއްދޭން‬
‫ބޭނުންނުވާ ކަމެވެ‪ .‬އަދި ކަން ބޮޑުކުރުމުގެ ލަފްޒުތައް މިސާލަކަށް އެ ގަސްތަކަކީ އެމީހުންގެ "މުޅި ދިރިއުޅުން"‬
‫ކަމުގައި ލިޔެފައި ވެއެވެ‪ .‬ލިޔުމުގައި ބޭނުންކޮށްފައިވާ މިފަދަ ބަސްތަކުގެ ސަބަބުން ކިޔުންތެރިންގެ ހިތުގައި ހަމްދަރުދީ‬
‫އުފެދި‪ ،‬އެމީހުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން މަސައްކަތް ކުރުމުގެ ފުޞަތު ބޮޑުވެގެން ދާނެއެވެ‪.‬‬
‫މި ލިޔުމުގައި ވާ މަޢުލޫމާތު ގެނެސްދީފައިވަނީ މިއީ ތެދެއްކަން ސާބިތުވާ ގޮތަށެވެ‪ .‬މައުލޫމާތުތައް‬
‫ޚޔާލުތައް ގުޅުވާލާފައިވާ ގޮތުން ކިޔާމީހުންނަށް‬
‫އަތުރާލާފައިވަނީ އެކިދުވަސްވަރުގެ ވާހަކަ ވަކި ވަކިންނެވެ‪ .‬އަދި ި‬
‫މިއީ ތެދު މަޢުލޫމާތުކަން ދެނެގަންނަން ފަސޭހަ ވެގެންދާނެއެވެ‪.‬‬
‫‪2‬‬
Download